Last Updated: July 1, 07:54
Tuesday, July 1, 2025
ޚަބަރު

އިތުރު 4 ރަށެއްގައި އިސްލާމީ މަރުކަޒު އަޅަނީ

ތިނަދޫ އިސްލާމީ މަރުކަޒު. ފޮޓޯ. ޝެއިހް އާޒިމް ޙާލިދު

ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނުގައި ބުނީ އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލައިފަ އެވެ.

އިސްލާމީ މަރުކަޒާއި މިސްކިތް އިމާރާތްކުރާ ރަށާއި ބިޑް ސެކިއުރިޓީ:

– ށ. ފުނަދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް – 102،000 ރުފިޔާ
– ހއ. އިހަވަންދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް – 102،000 ރުފިޔާ
– ޅ. ނައިފަރު އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް – 126،000 ރުފިޔާ
– ގއ. ވިލިނގިލި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް – 102،000 ރުފިޔާ
– ރ. މީދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 59،000 ރުފިޔާ
– ކ. ގުޅީ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 59،000 ރުފިޔާ
– ގދ. ނަޑެއްލާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 40،000 ރުފިޔާ
– ގދ. މަޑަވެލި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 61،000 ރުފިޔާ
– ގދ. ހޯނޑެއްދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 58،000 ރުފިޔާ
– ގދ. ފަރެސްމާތޮޑާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 61،000 ރުފިޔާ
– ފ. ފީލައީ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 58،000 ރުފިޔާ
– ދ. ރިނބިދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 65،000 ރުފިޔާ
– އދ. ފެންފުށި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 40،000 ރުފިޔާ
– އއ. މަތިވެރި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް – 102،000 ރުފިޔާ

އެ މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެ ގަވާއިދުގެ އެންމެހާ އިސްލާހުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މިިނިސްޓްރީން ބުނެ އެވެ.

ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. ފައިސާ ބަލައިގަންނާނީ މި މަހުގެ 30 އިން ޖުލައި މަހުގެ 15 އަށް ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ބަނޑޭރި ޕޭ  މެދުވެރިކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ މެއިލްކުރަންޖެހެ އެވެ.

ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް ޖުލައި 16 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.