ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ދިމާވާ މައްސަލަތަކުގެ ޝަކުވާތައް ހުށަހެޅޭނެ ސެންޓަރެއް ހުޅުވައިފި އެވެ.
"މައިގްރެންޓް ވޯކާ ރިސޯސަސް ސެންޓަރު" ގެ ނަމުގައި ޤާއިމުކުރި އެ ސެންޓަރު އިއްޔެ ހުޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމާއި އިބްރާހިމާއި އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަން (އައިއޯއެމް) ގެ ރީޖަނަލް ޑައިރެކްޓަރު އިޔޯރީ ކާޓޯ އެވެ.
ހޯމްލޭންޑުން މިނިސްޓްރީން ގާއިމުކުރި ސެންޓަރަށް ހާޒިރުވެ، ޝަކުވާތައް ހުށަހެޅުމުގެ އިތުރަށް އޮންލައިންކޮށް ވެސް ޝަކުވާ ހުށަހެޅޭ އެވެ. އެގޮތުން އެކަމަށް ހާއްސަ "މައިގްރެންޓް ކަނެކްޓް" ގެ ނަމުގައި ލޯންޗްކޮށްފައިވެ އެވެ.
އެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުި ޑރ. ޢަބްދުﷲ ފައިރޫޝް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއަކަށް ވެސް ޤާނޫނީ ރައްކާތެރިކަން ލިބި، އެ މީހުންގެ ޙައްޤުތައް ކަށަވަރުވާން ޖެހޭ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ބައެއް ބިދޭސީންގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ އަލަށް ގާއިމުކުރި ސެންޓަރަކީ ބިދޭސީންނަށް ދިމާވާ މައްސަލަތަކުގެ ޝަކުވާތައް ފަސޭހަ އިން ހުށަހެޅޭނެ ތަނެއް ކަމަށެވެ.