Last Updated: July 2, 11:59
Wednesday, July 2, 2025
ޚަބަރު

މޯލްޑިވއަން ގަން އޮފީހުން ޓިކެޓް ވިއްކުން ހުއްޓާލަނީ

އައްޑޫ ގަމާއި ލ. ކައްދޫ ގައި ހުންނަ މޯލްޑިވިއަންގެ އޮފީސްތަކުން ޓިކެޓް ވިއްކުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.

ގައުމީ އެއާލައިނުން އެގޮތަށް އަމަލު ކުރަން ފަށާނީ މާދަމާ އިން ފެށިގެންނެވެ.

ނަމަވެސް ގަމާއި ކައްދޫގެ މޯލްޑިވިއަންގެ އޮފީސްތަކުން ޓިކެޓް ވިއްކުން މެދުކަނޑާލި ސަބަބެއް ހާމައެއް ނުކުރެ އެވެ.

މޯލްޑިވިއަނުން ބުނީ ކައްދު އާއި ގަމުގެ އޮފީހަށް ގޮސްގެން ޓިކެޓް ނެގުން މެދުކަނޑާލި ނަމަވެސް އެ ކުންފުނީގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޓިކެޓް ނެގޭނެ ކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ އެޕާއި ކޯލް ސެންޓަރާއި މެއިލާއި ވައިބާ އަދި ކުންފުނީގެ އެޖެންޓުން މެދުވެރިކޮށް ދެ ސަރަހައްދުން ވެސް ޓިކެޓް ނެގޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.