ގދ. މަޑަވެލި ކައުންސިލުން ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމައި ބައިވެރިވާން ހުޅުުވާލައިފި އެވެ.
ޛަތީބުންނާއި އިމާމުން ތަމްރީނު ކުރަން ކުރިއަށް ގެންދަން ނިމްމާފައިވާ ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އުމުރުން 13-35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
އެހެންވެ ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް އަންނަ މަހުގެ 10 އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. މަޑަވެލި ކައުންސިލުން ބުނީ މީގައި ބައިވެރިވާން ބޭނުންވާ ބޭނުންވާ 18 އަހަރުން ދަށުގެ ކުދިން އެޕްލައިކުރާ އިރު، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އިމާމުވެ ހުކުރު ކުރާނެ ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީން އަންނަނީ ހިންގަމުންނެވެ. މިދިޔަ ހަފުތާގައި ވަނީ މީގެ ތިން ވަނަ ބުރު ފަށައިފަ އެވެ. އިސްލާމިކް މިނިސްޓްރީގެ ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އޯ ލެވެލް ނުވަތަ އޭ ލެވެލް ނިންމާފައިވާ ނުވަތަ ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ.
ޒުވާން ޚަތީބުން ތަމްރީނު ކުރަން ފެށި ޕްރޮގްރާމްގެ ތެރެއިން ސަނަދު ހާސިލުކުރި ވަރަށް ގިނަ ޒުވާނުން މިހާރު އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާމުވެ ހުކުރު ކުރަމުންނެވެ.
މިނިސްޓްރީން މިހާރު އަންނަނީ ކައުންސިލަރުންނަށް ވެސް ޙަތީބުކަމުގެ ކޯހެއް ފަށަން ތައްޔާރުވަމުންނެވެ. އޭގައި ބަައިވެރިވާން ރާއްޖޭގެ ހުރިހާ ފިރިހެން ކައުންސިލަރުންނަށް ހުޅުވާލި ފުރުސަތު ހަމަވީ މި މަހުގެ 25 އަށެވެ.