Last Updated: July 1, 09:02
Tuesday, July 1, 2025
ޚަބަރު

ޑީބީއެމްގެެ ބޯޑަށް 4 ބޭފުޅަކު އައްޔަންކޮށްފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބިއެމް) ގެ ބޯޑަށް ހަތަރު ބޭފުޅަކު އައްޔަނުކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަނުކުރީ އިއްޔެ ކަމަށެވެ.

ޑިވެލޮޕްމަންޓު ބޭންކްގެ ބޯޑަށް އައްޔަނުކުރި ބޭފުޅުން:

– މއ. މާފުނަ، ހަސަން މިރާސް
– މ. ލަންސިމޫގެ، އަހުމަދު އަޒްޔާން ހަމީދު
– ދ. ކުޑަހުވަދޫ، ތިކުރީތު، މައީޝާ އިބްރާހިމް
– ގދ. ރަތަފަންދޫ، ޗަބޭލީވިލާ، އަޒްމީން ރަޝީދު

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވި ގޮތުގައި ބޭންކުގެ ހިދުމަތް ދޭން ފަށަން ރާވާފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރަމުން ދަނީ އެތަނުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށް ސައީދު ވިދާޅުވި އެވެ.