Last Updated: July 2, 11:33
Wednesday, July 2, 2025
މުނިފޫހިފިލުވުން

ވާނީގެ ސީރީޒަށް ތާރީހެއް

ބޮލީވުޑްގެ ބަަތަލާ ވާނީ ކަޕޫރްގެ އަލަތު ވެބް ސީރީޒް "މަންޑާލާ މާޑާސް" ޕްރީމިއާކުރާ ތާރީހު އިއުލާންކޮށްފި އެވެ.

ދެހާސް ތޭރައިގެ "ޝުދު ދޭސީ ރޮމޭންސް" އިން އޭނަ ބޮލީވުޑަށް ނެރުނު ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދޭ ސީރީޒް ނެޓްފްލިކްސް އަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 25 ގަ އެވެ.

ކްރައިމް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "މަންޑާލާ މާޑާސް" އަކީ ރާނީ މުކަރްޖީގެ 2019 ގެ ފިލްމު "މަރުދާނީ 2" ގެނެސްދިން ޑައިރެކްޓަރު ގޯޕީ ޕުތުރާންގެ އުފެއްދުމެކެވެ. ވާނީ ފުލުހެއްގެ ރޯލު ކުޅެފައިވާ ސީރީޒްގެ ކާސްޓްގައި ސުރްވީން ޗާވްލާ އާއި ޖަމީލު ޚާންގެ އިތުރުން ވައިބާވް ރާޖް ގުޕްތާ ހިމެނެ އެވެ.

"ވޯ" އާއި "ޝަމްޝޭރާ" އަދި "ޗަންދީގަޅު ކަރޭ އާޝިގީ" ގެ އިތުރުން "ބެލް ބޮޓަމް" ފަދަ ފިލްމުތައް ކުޅެފައިވާ ވާނީގެ އެންމެ ފަހުގެ ފިލްމަކީމެއި މަހު ރިލީޒްކުރި "ރެއިޑް 2" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބައްތަމީޒް ގިލް" އާއި "ސަރްވަގުން ސަމްޕައްނާ' ހިމެނެ އެވެ.

ވާނީ އާއި ޕާކިސްތާންގެ އެކްޓަރު ފަވާދު ޚާން ކުޅެފައިވާ ފިލްމު "އަބީރް ގުލާލް" ދެ ގައުމުގެ ގުޅުން ގޯސްވުމާ ގުޅިގެން ރިލީޒްނުކުރެވި ތާށިވެފަ އެވެ. މި ފިލްމު ރިލީޒް ކުރަން ނިންމި ތާރހަކީ މިދިޔަ މަހުގެ 9 އެވެ.