މި އަހަރު ތެރޭ އަތޮޅު ތެރޭގެ 11 މިސްކިތެއް ހުޅުވަން ނިންމާފައިވާ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުތެރޭ 11 މިސްކިތް ހުޅުވުމަށް ހަމަޖެހިފައިވާއިރު، ދިއްދޫ އިސްލާމިކް ސެންޓަރާއި ފުވައްމުލަކު ސިޓީ ޤުރުއާނާބެހޭ މަރުކަޒު ހުޅުވާނެ ކަމަށެވެ.
އެގޮތުން އިއްޔެ ނ. މަނަދޫ މިސްކިތް ހުޅުވާފައިވާއިރު އަންނަ މަހުގެ 15ގައި ހއ. ދިއްދޫ އިސްލާމިކް ސެންޓަރު ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ސެޕްްމަބަރު އެކެއްގައި ޅ. ކުރެންދޫ މިސްކިތް ހުޅުވާއިރު، އއ. ހިމަންދޫ މިސްކިތް ނޮވެމްބަރު ފަހެއްގައި ހުޅުވާނެ އެވެ.
އަދި، އދ. ދިގުރަށުގެ މިސްކިތް މި މަހުގެ 30 ގައި ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ލ. ގަން ތުނޑީ މިސްކިތް ސެޕްޓެމަބަރު 15ގައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީ މަރަދޫ މިސްކިތް އޮގަސްޓް 15، މީދޫ މިސްކިތް ނޮވެމްވަރު 30ގައި ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރުން، ތ. ކަނޑޫދޫ މިސްކިތް 31 ޑިސެމްބަރުގައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، ތ. ދިޔަމިގިލި މިސްކިތް މި މަހު 30 ގައި ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ފުވައްމުލައް ދޫޑިގަން މިސްކިތް ސެޕްޓެމްބަރު ތިނެއްގައި ހުޅުވުމަށް ހަމަޖެހިފައިވައިރު، އެ ސިޓީގެ ގުރުއާނާއި ބެހޭ މަރުކަޒު އޮގަސްޓް އެކެެއްގައި ހުޅުވާ ގޮތަށް ވަނީ ހަަމަޖެހިފަ އެވެ. އަދި ތ. ވަންދޫ މިސްކިތް ޑިސެމްބަރު 31 ގައި ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.
ސަރުކާރުން ދާދިފަހުން ވަނީ ހަތަރު ރަށެއްގައި އިސްލާމިކް ސެންޓަރު އަދި 10 ރަށެއްގައި މިސްކިތް އިމާރާތްކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލައިފަ އެވެ.