ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ހުރި ފުރުސަތުތަކަށް ހާއްސަކޮށްގެން ސިންގަޕޫރްގައި ރާއްޖޭގެ ބިޒްނެސް ފޯރަމް މިއަދު ފަަށައިފި އެވެ.
މި ފޯރަމުގައި 200 އަށްވު ރެ ގިނަ އިންވެސްޓަރުން ބައިވެރިވެ އެވެ.
"މޯލްޑިވްސް-ސިންގަޕޫރް ބިޒްނަސް ފޯރަމް" އަކީ ދެ ޤައުމުގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން އެކަމަށްވެސް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ފޯރަމެކެވެ.
މި ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި ފޯރަމްގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ސިންގަޕޫރުގެ ސަސްޓެއިނިބިލިޓީ އެންޑް ދަ އެންވަޔަރަމަންޓް މިނިސްޓަރ ގްރޭސް ފު ހައި ޔެއިން ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވި އެވެ.
ފޯރަމްގައި ރާއްޖެއާއި ސިންގަޕޫރުގެ ވިޔަފާރިވެރިން ހިމެނޭހެން ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވެއެވެ.
އިންވެސްޓްމަންޓްގެ މުހިންމު ދާއިރާތަކުގެ ތެރޭގައި:
* ރަސްމާލެ ތަރައްގީ ކުރުން
* ގުޅީފަޅު މަޝްރޫޢު
* ލ، ޕޯޓް އަދި ބަންކަރިން މަޝްރޫޢޫ
* މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން
* ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތައް
* ދުނިޔޭގެ ފެންވަރުގެ ތީމް ޕާކެއް ތަރައްޤީކުރުމުގެ މަޝްރޫޢު
* އުލިގަމުގައި ތަރައްޤީކުރާ ޔޮޓް މެރީނާ މަޝްރޫޢޫ
* ސްޕޯޓްސް ފިޝިންއަށް ޚާޢްސަ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު
* ފާމިސޫޓިކަލް މެނުފެކްޗަރަލް ފެސިލިޓީ ތަރައްޤީކުރުން
* ކެންސަރ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު
* ސިއްޙީ ނިޒާމް ޑިޖިޓަލް ކުރުމުގެ މަޝްރޫޢޫ
* އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް
* މަތީ ތަޢުލީމަށް ޚާއްސަ އެކި މަޝްރޫޢޫތައް
ފޯރަމްގައި ވަނީ ރައްޖެއާއި ސިންގަޕޫރުގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެކި ފަރާތްތަކަށް ހަނދާނީފިލާ ވެސް ދީފައެ ވެ. ފިލާ ހަވާލުކޮށް ދެއްވީ ރައީސެވެ.
މި ފޯރަމަކީ ރައީސް ސިންގަޕޫރަށް މިދިޔަ މަހުގެ 29 ގައި ފެއްޓެވި ދަތުރުގެ ތެރޭގައި ބާއްވާ އެންމެ މުހިއްމު އެއް ހަރަކާތެކެވެ. ރައީސްގެ ދަތުރު ނިންމަވަލައިލައްވާނީ މާދަމާ އެވެ.