Last Updated: July 4, 11:15
Friday, July 4, 2025
ޚަބަރު

680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކަށަވަރުވެއްޖެ

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އިންވެސްޓްމަންޓްގެ ގޮތުގައި ރާއްޖެ އަށް މިހާރު 680 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓް ކަށަވަރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން މިއަދު އެ ގައުމުގައި ފެށި "މޯލްޑިވްސް-ސިންގަޕޫރް ބިޒްނެސް ފޯރަމް" ގައި މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތް އިރު ރާއްޖެ އޮތީ ބޮޑު ދަރަންޏާއެކު ނާޒުކު ހާލަތެއްގައި ކަމަށް ވިޔަސް މިދިޔަ 16 މަސް ދުވަހު އެކަންކަމުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ މި ސަރުކާތުގެ ފަސް އަހަރު ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެ ގެންނަން އަމާޒު ހިފާފައިވާއިރު، މިހާރު 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކަށަވަރުވެއްޖެ ކަމަށެވެ.

"އެސްއީޒެޑް ކޮމިޓްމަންޓް 680 މިލިއަން ޑޮލަރަށް އިތުރުކުރެވި، އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" އޭނަ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީއަމާޒަކީ 2028 ވަނަ އަހަރާ ހަމައަށް އަންނަ އިރު، ރާއްޖޭ ޖީޑީޕީ 150 ބިލިއަނަށް އިތުރުކޮށް އަދި 2030 ވަނަ އަހަރު ބޮލަކަށް ޖެހޭ އާމްދަނީގެ އަދަދު 17،000 ޑޮލަރަށް އިތުރުކުރުން ކަމަށެވެ.