Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އިމިގްރޭޝަނުން ބިދޭސީ އަންހެނަކު ހޯދަނީ

ބިދޭސީ އަންހެނަކު އިމިގްރޭޝަނަށް ހާޒިރުވާން އަންގައި އިމިގްރޭޝަނުން ނޯޓިހެއް ނެރެފި އެވެ.

އެ އިދާރާ އަށް ހާޒިރު ވާން އަންގާފައި ވަނީ ކޮލަމްބިއާ އަށް ނިސްބަތްވާ 35 އަހަރުގެ އަންހެނެކެވެ.

އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އޭނަ އެ އިދާރާ އަށް ހާޒިރުވާން އަންގާ ކަމަށެވެ. އަދި އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ 9199017 އަށް ނުވަތަ އިިމިގްރޭޝަންގެ މެއިލް [email protected] މެދުވެރިކޮށް ހިއްސާކޮށް ދޭން ވެސް އެދިފައިވެ އެވެ.

ނަމަވެސް އެ މީހާ ހޯދަނީ ކޮން ކަހަލަ މައްސަލައަކާ ގުޅިގެން ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.

އެ އިދާރާ އިން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ބޮޑު އޮޕަރޭޝަނަށް ހިންގަމުންނެވެ.