ތ. ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ އުޅަނދެއްގައި މިއަދު ރޯވެއްޖެ އެވެ.
އެ އުޅަނދުގައި އެއްކޮށް ރޯވެ، ބޯ ކަޅުދުން އަރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.
މި ހާދިސާއާ ބެހޭ ގޮތުން އެމްއެންޑީއެފުން ބުނީ ރޯވި އުޅަދު ނިއްވަންމް އެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔަ ކޮމްޕޯނަންޓްގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މި ހާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ ހެނދުނު 09:41 ގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ބޯޓުގައި ރޯވެފައިވަނީ އެރަށުން ފުރަން ވެގެން އިންޖީނު ޖައްސާލި ވަގުތުއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައު ތެޔޮ އުފުލާ އުޅަނދުގައި ރޯވީ ފުރަންވެގެން އިންޖީނު ޖައްސާލި ވަގުތު އެވެ. މި ހާދިސާގައި އުޅަނަދަށް ބޮޑެތި ގެއްލުންތަކަށްވެފައިވާ އެއްވެސް މީހަކަށް ގެއްލުންވި ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.