Last Updated: July 3, 11:57
Thursday, July 3, 2025
ޚަބަރު

ހަނިމާދޫ އެއާޕޯޓް ސެޕްޓެމްބަރަށް ނިމޭނެ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މިހާރު ކުރިއަށް ގެންދާ ބޮޑު މަޝްރޫއުގެ މި އަހަރުގެ ސެޕްޓެމްބަރަށް ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އޭނަ މިއަދު ވިދާޅުވީ އެ އެއާޕޯޓްގެ ރަންވޭގެ މަސައްކަތުގެ 88.7 ޕަސެންޓް ނިމިފައިވާ އިރު، ޓާމިނަލްގެ ވެސް 83 ޕަސެންޓް ނިމުމުގެ އިތުރަށް ކޮންޓްރޯލް ޓަވަރައި ހެނގަރުގެ އިތުރުން ކާގޯ ބިލްޑިންގުގެ 96 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެހެންވެ މުޅި އެއާޕޯޓްގެ މަސައްކަތް ސެޕްޓެމްބަރަށް ފުރިހަމަ ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަމުން އަންނަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް އިންނެވެ. މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ ހަވާލުކުރީ ސެޕްޓެމްބަރު 25، 2022 ގަ އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2023 ގެ ޖެނުއަރީގަ އެވެ.

،މި އެއާޕޯޓް ތަރައްގީ ކުރަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.