އެސްއީޒެޑްގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ 100 މެގަވޮޓްގެ ފްލޯޓިން މަޝްރޫއު ކެނެޑާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
މިއަދު ސިންގަޕޫރްގައި ފެށި "މޯލްޑިވްސް-ސިންގަޕޯ ބިޒްނެސް ފޯރަމް" ގެ ތެރެއިން އެ މަޝްރޫއު ހަވާލުކުރީ އެބްރަކްސަސް ޕަވާއާ އެވެ.
އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އެބްރަކްސަސްގެ ފަރާތުން ސޮއިކުރެއްވީ މސީއީއޯ ސޯލްޓާ އީޑީ އެވެ.
މި މަޝްރޫއަކީ އިޔާދަކުރަނިވި ޙަކަތައިގެ ސިޔާސަތުގެ ދަށުން 2030 އާ ހަމައަށް ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ހަކަތަ 33 ޕަސެންޓަށް ހެދުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢެކެވެ.
އެގޮތުން އެސްއީޒެޑް ޤާނޫނުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫއުގެ ގޮތުގައި ފްލޯޓިން ސޯލާ މަޝްރޫއަށް ހުއްދަ ދިނީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.