Last Updated: July 3, 11:27
Thursday, July 3, 2025
ޚަބަރު

އައްޑޫ ފްލޯޓިން ތީމް ޕާކް ޕްރޮޖެކްޓަށް ހިޔާލު ހޯދަނީ

ހިތަދޫ ސިޓީ ސްކެއާ ސަރަހައްދު. ފޮޓޯ/ އަލީ ނާސިރު

އައްޑޫ ހިތަދޫގައި ގާއިމު ކުރަން ނިންމާފައިވާ ފްލޯޓިން ވޯޓާ ތީމް ޕާކު މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަން ކައުންސިލުން ހުޅުވާލައިފި އެވެ.

އޮންލައިންކޮށް ހިޔާލު ހޯދަން ހުޅުވައިލީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިޔާލު ހުށަހެޅޭ ގޮތަށެވެ. ކައުންސިލުން ބުނީ މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަނީ މިކަމަށް ހަދާ އެންވަޔަމެންޓަލް އިމްޕެކްޓް އެސެސްމަންޓް އީއައިއޭ) ގެ ދަށުން ކަމަށެވެ.

އައްޑޫ ފްލޯޓިން ތީމް ޕާކް ގާއިމު ކުރަން ނިންމާފައި ވަނީ ހިތަދޫ ސިޓީ ސްކެއާ ހިމެނޭ ސަރަހައްދާ ދިމާލުން އޮތް ސަރަހައްދުގައި ކަމަށެވެ.

މި ތީމް ޕާކްގެ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ އީއައިއޭގެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ބީލަމަށް ލި އެވެ.