Last Updated: July 3, 11:27
Thursday, July 3, 2025
ޚަބަރު

ޑްރަގް ބޭނުން ކުރާ ގޮތާ ގުޅޭ ދިރާސާއެއް ހަދަނީ

ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ ވަބާ ކަމަށްވާ މަސްތުވާތަކެތީ ހާލަތާ ގުޅޭ ދިރާސާއެއް ހަދަން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން ރާއްޖޭގައި ނެޝަނަލް ޑްރަގް އެޖެންސީގެ (އެންޑީއޭ) ގެ ޗެއާޕާސަން އަދި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވިދަޅުވީ، ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ ގޮތާއި ބޭނުންކުރާ ބާވަތްތައް ވެސް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.

އޭނަ ވިދާޅުވީ މީގެ 10 އަހަރުކު ރިއަށް ބަލާއިރު ރާއްޖޭގައި ގިނައިން ބޭނުން ކުރާ ކަމަށް ފާހަގަވެފައި ވަނީ، ހެރޮއިން އާއި ކެނަބިސް ކަމަށެވެ. ނަމަވެސް މިހާރު އެ ބާވްތަތަކުގ އިތުރުން ސިންތަޓިކް ނުވަތަ ކެމިކަލް ޑްރަގްތައް ވަރަށް ބޮޑަށް އާއްމުވަމުންދާކަން ވިދާޅުވިއެވެ.

ލުބުނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ ގިނަ މިހުން ތިން ބާވަތަށް ވުރެ ގިނަ ބާވަތްތަކަށް އެއް ފަހަރާ ޕޮޒިޓިވްވާކަން ވެސް ފާހަގަވާ ކަމަށެވެ.

އެހެންވެ މަސްތުވާތަކެތި ބޭނުންކުރާ މީހުން، ބޭނުންކުރާ ބާވަތްތައް ދެނެގަތުމުގައި، މަސްތުވާތަކެތީގެ ޙާލަތު ދެނެގަތުމަށް ޕައިލެޓް ސްޓަޑީއެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މީގެ ބޭނުމަކީ، އެފަދަ މީހުން ދެނެގަނެ، އެމީހުން އެކަމުން ސަލާމަތްކުރުމަށް ބޭނުންވާ ފަރުވާ ބައްޓަން ކުރަންވީ ރަނގަޅު ނިޒާމެއް ހޯދުމެވެ.

"އެހެންވެ ރަނގަޅު ސްޓަޑީއެއް ބޭނުން ވަނީ." ލުބުނާ ވިދާޅުވި އެވެ. "ޕައިލެޓް ޓެސްޓިންގައި ފަސްސަތޭކަ އާއި އެއްހާހެއްހާ މީހުންގެ ޓެސްޓިން ހަދާނަން. ފުރަތަމަ ފަށާއިރު 150 މީހުންގެ ސާމްޕަލް ކަލެކްޓްކޮށް ސްޓަޑީކުރާނަން،" ލުބުނާ ވިދާޅުވި އެވެ. "މިކަމުގައި ޑޮކްޓަރުންނާއޮި ނަރުހުންނާ އަދި ކައުންސެލަރުން ވެސް ބައިވެރި ވާނެ."

މި ޕައިލެޓް ދިރާސާގައި އެންޑީއޭގެ ފަރުވާއަށް އަންނަ މީހުންނާއި ފަހުން ރެންޑަމް ސާމްޕްލިން ވެސް ހިމަނާނެ އެވެ.