ރާއްޖޭގައި އިންވެސްޓް ކުރުމުން ރަށްވެހިކަމުގެ ވިސާ ލިބޭ ގޮތަށް "ރެސިޑެންސް ބައި އިންވެސްޓްމަންޓް" ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
ސަރުކާރުން މިކަމާ ގުޅޭ އެއްބަސްވުމެއް ހަދާފައި ވަނީ ސިންގަޕޫރްގައި މިއަދު ފެށި "ބިޒްނެސް ފޯރަމް" ގައި އިނގިރޭސިވިލާތުގެ އަމިއްލަ ކޮންސަލްޓަންސީ ފާމެއް ކަމަށްވާ ހެންލީ އެންޑް ޕާޓްނާސްއާ އެކު އެވެ.
އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ހެންލީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޕާޓްނަރު ފިލިޕް އަމަރާންޓޭ އެވެ.
މި ޕްރޮގްރާމް ވެގެންދާނީ މުއްސަދި މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ގެނައުމަށް ފަރުމާކުރެވޭ ޕްރޮގްރާމަކަށް ކަމަށް ސަރުކާރުން ބުނެ އެވެ.
ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ ދަށުން މިހާރު ވެސް ދެމުން އަންނަ ކޯޕަރޭޓް ރެޒިޑެންސީ ވިސާ އިތުރަށް ފުޅާކޮށް އިންވެސްޓާ ރެޒިޑެންސީ ވިސާ ޕްރޮގްރާމެއް ގޮތުގައި ފެށުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސަރުކާރުން ނިންމާފައިވެ އެވެ.
ރެޒިޑެންސީ ވިސާ އިމިގްރޭޝަންގެ ގާނޫނުގައި ހިމެނީ އެމްޑީޕީގެ ސަރުކާރުގައި ނޮވެމްބަރު 25, 2020 ގަ އެވެ.