ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ އާ ފިލްމު "ތެރެ އިޝްގް މޭ" ގެ ޝޫޓިން ނިންމާލައި އެކަން މިއަދު ރަސްމީކޮށް އިއުލާންކޮށްފ އެވެ.
މަޝްހޫރު ތަމަޅަ އެކްޓަރު ދަނޫޝް އާއި ބަތަލާ ކްރިތީ ސެނަން ލީޑް ރޯލުން ފެންނާނެ މި ރޮމޭންޓިން ތުރިލާގެ ޝޫޓިން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. "ތެރެ އިޝްގް މޭ" އަކީ ކްރިތީ އާއި ދަނޫޝްގެ ޖޯޑު އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.
މީގެ ޑައިރެކްޓަރު އާނަންދުގެ 2021 ގެ "އަތުރަންގީ" ރޭ އަކީ ވެސް ދަނޫޝް ބަތަލުގެ ރޯލު ކުޅުނު ފިލްމެކެވެ. އޭގެ ބަތަލާ އަކީ ސާރާ އަލީ ޚާނެވެ. އަދި ފިލްމުގެ އެކްސްޓެންޑް ކެމިއޯއެއްގައި އަކްޝޭ ކުމާރުގ ވެސް ހިމެނެ އެވެ.
އާނަންދަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ "ތަނޫ ވެޑްސް މަނޫ" ގެ ދެ ފިލްމާއި "ރާންޖަނާ" ވެސް ޑައިރެކްޓަރެވެ. ސޯނަމް ކަޕޫރް ބަތަލާގެ ރޯލު ކުޅުނު "ރާންޖަނާ" އަކީ ވެސް ދަނޫޝް ބަތަލުގެ ރޯލު ކުޅުނު ފިލްމެކެވެ.
އާނަންދުގެ އެންމެ ފަހުގެ ފިލްމަކީ އަކްޝޭގެ 2022 ގެ "ރަކްޝާ ބަންދަން" އެވެ.
ވަރަށް ތަފާތު އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ "ތެރެ އިޝްގް މޭ" ގެ ޝޫޓިން ނިންމައިލި ނަމަވެސް ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އޭއާރް ރަހުމާންގެ މިއުޒިކް ހިމެނޭނެ މި ފިލްމު ހަދާފައި ވަނީ އާނަންދުގެ ފިލްމު ކުންފުނި، ކަލަ ޔެލޯ އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ.