Last Updated: July 22, 17:21
Wednesday, July 22, 2026
ޚަބަރު

ނައިބު ރައީސް އަދީބު ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހްމަދް އަދީބް ސަލާމަތީ ބާރުތަކުގެ ބަލުމުގެ ދަށަށް ގެންގޮސްފިއެވެ.

އަދީބު ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ޗައިނާގައި ބޭއްވި އިންވެންސްޓްމެންޓް ފޯރަމްގައި ބައިވެރިވުމަށް ފަހު މިއަދު މާލެ ވަޑައިގަތުމާއި އެކު ގައެވެ. ނަމަވެސް އަދީބު ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން އަދި ސަލާމަތީ ބާރުތަކުންވެސް ހާމަކޮށްފައެއް ނުވެއެވެ.