Last Updated: July 16, 10:20
Thursday, July 16, 2026
ޚަބަރު

ވިލުފުށީ އަލިފާނުގެ ހާދިސާ: އަނިޔާވި އެކަކު ފަރުވާއަށް މާލެއަށް

ތ. ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ އުޅަނދެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގައި އަނިޔާވި އެކަކު އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފި އެވެ.

މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ ދޯނީގެ ވެރިފަރާތަށް ކަމަށްވާއިރު، އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އަލިފާނުގެ ހާދިސާގައި ދޯނީގައި މަސައްކަތް ކުރާ ބިދޭސީއަކަށް ވެސް އަނިޔާވެފައިވެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތެޔޮ އުފުލާ އުޅަނދުގައި ރޯވީ ފުރަންވެގެން އިންޖީނު ޖައްސާލި ވަގުތު އެވެ. މި ހާދިސާގައި އުޅަނދަށް ބޮޑެތި ގެއްލުންތަކަށް ވަނީ ވެފަ އެވެ.