ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ރުކުމާ މުހައްމަދު އަބްދުލްކަރީމް މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފި އެވެ.
މިއީ މި ސަރުކާރުގައި ރުކުމާގެ މަގާމު ބަދަލުކުރި ތިންވަނަ ފަހަރެވެ. މި ސަރުކާރުގައި ރުކުމާ ފުރަތަމަ އައްޔަންކުރެއްވީ ވެމްކޯގެ ޑީއެމްޑީއަކަށެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުކޮޅު އޭނާ ވަނީ ފެނަކައިގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފަ އެވެ.
މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ރުކުމާ ބަދަލުކުރީ މިދިޔަ ހަފްތާތެރޭގަ އެވެ. ނަމަވެސް މި ބަދަލު ގެނައި ސަބަބެއް އެނގިފައެއް ނުވެ އެވެ.