ހޮންޑާ މޯލްޑިވްސް ނުވަތަ ޝީޝާގެ "މެގަ ބޭޝް 2025" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން ރާއްޖޭގެ ހޮންޑާއިން މިހާރު ބާޒާރުގައި ވިއްކަމުންދާ ހުރިހާ މޮޑެލްއެއްގެ ސައިކަލުން ބޮޑެތި ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ބައެއް މޮޑެލްތަކުގެ ސައިކަލްތަކަށް ކަސްޓަމަރުންގެ މެދުގައި މިހާރު އެންމެ މަޤްބޫލް ޒީރޯ ފައިނޭންސް ޕެކޭޖުގެ ތެރެއިން ނެގޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.
މި ޙާއްސަ އިންސްޓޯލްމެންޓް ޕެކޭޖްތަކުގެ ދަށުން، 50 ޕަސެންޓް ޑައުން ޕޭމެންޓް ދައްކައިފި ނަމަ، ބާކީ މަސްތަކަށް އިތުރު ފައިނޭންސް ޗާޖެއް ނެތި ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބެ އެވެ. މިގޮތުން މިފަހަރު 2 ޕެކޭޖެއް ވަނީ ތަޢާރަފްކޮށްފަ އެވެ. އެއީ 12 މަސް ދުވަހަށް ބަހާލައިގެން ފައިސާ ދެއްކޭ ޕެކޭޖަކާއި 6 މަސް ދުވަހަށް ބަހާލައިގެން ފައިސާ ދެއްކޭ ޕެކޭޖެކެވެ.
ހަ މަސް ދުވަހުގެ ޒީރޯ ފައިނޭންސް ޕެކޭޖް ލިބެނީ، ސްކޫޕީ ކްލަބް 12، ސްކޫޕީ ޕްރެސްޓީޖް، އެއާބްލޭޑް 125 ސްޕޯޓްސް އެޑިޝަން، އެއާބްލޭޑް 125 ޕްރިމިއަމް އެޑިޝަން، އެއާބްލޭޑް 125 ސްޓޭންޑާޑް ބްލެކް އެޑިޝަން، އެއާބްލޭޑް 160 ސްޓޭންޑާޑް އެޑިޝަން އަދި އެއާބްލޭޑް 160 ސްޕޯޓްސް އެޑިޝަން އާއި ވިނާ އެކްސް 2024 ސައިކަލުންނެވެ.
އަދި 12 މަސް ދުވަހަށް ބަހާލައިގެން ފައިސާ ދައްކާ ޕެކޭޖުގައި ހިމެނެނީ:
• އެއަ ބްލޭޑް 125–ބްލެކް އެޑިޝަން
• އެއާބްލޭޑް 125 ސްޓޭންޑާޑް އެޑިޝަން
• އެއާބްލޭޑް 125 ސްޕެޝަލް އެޑިޝަން
• އެއާބްލޭޑް 160 ޕްރިމިއަން އެޑިޝަން
• އެއަ ބްލޭޑް 160-ސްޕެޝަލް އެޑިޝަން
• ވިޝަން 110
• ލީޑް 125
ދިވެހިންގެ މެދުގައި މަގުބޫލު ހޮންޑާ ބްރޭންޑްގެ ސައިކަލްތައް ވިއްކަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހޮންޑާ މޯލްޑިވްސްގެ އައުޓްލެޓްތައް ހިންގަ އެވެ. އޭގެ ތެރޭގައި މާލެ، ހުޅުމާލެ، އައްޑޫ، ފުވައްމުލައް، ލ. ގަން، ގއ. ވިލިނގިލި އަދި ކުޅުދުއްފުށި ހިމެނެ އެވެ.