Last Updated: July 3, 13:29
Thursday, July 3, 2025
ޚަބަރު

ބޭރުގައި ދިވެހިންނަށް 750 ޑޮލަރާ ހަމައަށް ނެގޭނެ

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރާއި ހަމައަަށް ފައިސާ ނެގޭ ގޮތަށް ބީއެމްއެލް އިން އުސޫލު ބަދަލުކޮށްފި އެވެ.

ބީއެމްއެލްއިން ވަނީ މިއަދުން ފެށިގެން ޑެބިޓް ކާޑުގެ ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ. ކާޑު ލިމިޓް ބޮޑުކުރުމަށްފަހު އިތުރު ބައެއް ފިޔަވަޅުތައް ވެސް ބީއެމްއެލް އިން އަޅާފައިވެ އެވެ. އޭގެތެރޭގައި ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖޭން ބޭރުން ފައިސާ ނެގޭ އަދަދު މަހަކު 125 ޑޮލަރަށް ލިމިޓް ކުރުން ހިމެނެ އެވެ.

ބީއެމްއެލްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނަގައި ޕޭމަންޓް ހެދޭނެ ކަމަށެވެ.

އެގޮތުން އެ ލިމިޓް ހަމަޖައްސަން ބީއެމްއެލް ވެބްސައިޓުގެ ފޮރިން ލިމިޓް ޕޯޓަލްއިން ރަޖިސްޓާކޮށް ރުފިޔާ ޑެބިޓް ކާޑު ސެލެކްޓް ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލްއިން ބުނީ 750 ޑޮލަރުގެ ލިމިޓާ ހަމައަށް ޕީއޯއެސް މެޝިންތަކުން ޓްރާންސެކްޝަން ހެދޭނެ ކަމަށެވެ. އަދި ދިރިއުޅޭ ގައުމުގައި ހުންނަ އޭޓީއެމްތަކުން ފައިސާ ނެގޭނެ ކަމަށްވެސް ބޭންކުން ބުނެ އެވެ.