Last Updated: July 3, 13:46
Thursday, July 3, 2025
މުނިފޫހިފިލުވުން

'ޓޫ އޮފް އަސް' ޔޫކޭގެ ޝޯއަކަށް!

ދާދި ފަހުން އިންޑިއާގައި ނިންމައިލި "ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ގެ ތިން ވަނަ ހޯދި ރާއްޖޭގެ މިއުޒިކް ބޭންޑް
"ޓޫ އޮފް އަސް" އަށް ދުނިޔޭގެ އެންމެ މަޝްހޫރު ޓެލެންޓް ޝޯތަކުގެ ތެރޭގައި ހިމެނޭ ބްރިޓެންސް ގޮޓް ޓެލެންޓް (ބީޖީޓީ) ގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ބޭންޑުން އިއްޔެ ވަނީ އެ ޝޯގެ އޮންލައިން އޯޑިޝަން ކާމިޔާބުކަމާއެކު ނިންމާލައި، އެކަން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. އެހެންވެ "ބީޖީޓީ" ގެ 19 ވަނަ ސީޒަންގެ އިތުރު ރައުންޑެއްގައި ބައިވެރިވާން މިހާރު ރަސްމީކޮށް ދައުވަތު ލިބިފައިވާ ކަމަށް ވެސް ބޭންޑުން ބުންޏެވެ.

"ޓޫ އޮފް އަސް" އަކީ ފަސް މެންބަރުން ހިމެނޭ ބޭންޑެކެވެ. އެއީ އަހުމަދު އަދުހަމް، އަބްދުﷲ ޝަމްރޫހް، މުހައްމަދު ނަސޫހު ބިން ނަސްރުއްދީން، އަހުމަދު ޝަހީދު ޝަހީދު ލެގަސީ) އަދި އަހުމަދު ޖަޝީމެވެ.

ބޭންޑަށް ފުރުސަތު ލިބުނު "ބީޖީޓީ" އަކީ 2007 އިން ފެށިގެން ބާއްވަމުން އަންނަ ޝޯއެކެވެ. މިއީ ތަފާތު އެކި ކަހަލަ ހުނަރުވެރިންނަށް އެ މީހުންގެ ހުނަރު ދައްކައިލަން ފުރުސަތު ފަހިކޮށްދޭ ޝޯއެކެވެ.