ރަމަޟާން މަހުގެ ރޯދަ އަށް ފަހު، އެންމެ މާތް ރޯދައަކީ މުޙައްރަމު މަހުގެ ރޯދަކަމުގައި، ކީރިތި މާތް ނަބިއްޔާ ﷺ އުންމަތަށް ޚަބަރު ދެއްވާފައިވެ އެވެ.
އަބުލް ޢައްބާސް އަލްޤުރުޠުބީ (ނޔވ 656) ވިދާޅުވި އެވެ: "މީގެ ސަބަބަކީ [މިކަމުގެ ސިއްރު] އެންމެ މޮޅަށް ދެނެވޮޑިގެންވަނީ الله تعالى އެވެ.
މުޙައްރަމު މަހަކީ އަހަރުގެ އެންމެ ފުރަތަމަ މަހެވެ. އަދި އެހާތަނަށް، އެ އަހަރުގެ ރަމަޟާން މަސް ވެސް މީސްތަކުންނާ ބައްދަލު ނުކުރާނެ އެވެ. އެހެންކަމުން އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން އެއް ޢަމަލު ކަމުގައި ވާ ރޯދައިން، އެ އަހަރު ފެށުމަކީ ރަނގަޅު ކަމެކެވެ.
ރޯދައާ ބެހޭ ގޮތުން ރަސޫލާ ﷺ ޚަބަރުދެއްވާފައި ވަނީ އެއީ ނޫރެއް ކަމުގަ އެވެ. ފަހެ މީހަކު މި ނޫރުން އޭނާގެ އަހަރު ފަށައިފި ނަމަ، އަހަރުގެ ބާކީ އޮތް ބައިގައި ވެސް އޭނާ ހިނގާނީ އެ ނޫރުގެ ތެރޭގައެވެ. والله تعالى أعلم.”
[المفهم لما أشكل من تلخيص كتاب مسلم 3/235]
ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމުގައި އެންމެ މޮޅު އިތުރު ގޮތަކީ ތާސޫޢާ ދުވަހާއި އެކު ރޯދަ ހިފުމެވެ.
* ތާސޫޢާ ދުވަސް: ޖުލައި 4، 2025 (ހުކުރު ދުވަސް)
* ޢާޝޫރާ ދުވަސް: ޖުލައި 5، 2025 (ހޮނިހިރު ދުވަސް)
މައުލޫމާތު: ނަސޭހަތް