Last Updated: July 14, 06:01
Tuesday, July 14, 2026
ޚަބަރު

ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުވެއްޖެ

އައްޑޫ ކެނަރީފު ރިސޯޓްގެ މުވައްޒަފުންތަކެއް ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ތައްޔާރީގައި. ފޮޓޯ/ ކެނަރީފް

މިއަދުން ފެށިގެން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ — ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުވެއްޖެ އެވެ.

މީގެ ކުރިން ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން ދިޔައީ 16 ޕަސެންޓެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ޕީއެންސީގެ މެމްބަރަކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހުގެ ބިލެއް ހުށަހެޅި އެވެ.

އެ ބިލުގައިވާ ގޮތުން މިއަހަރުގެ ޖުލައި މަހުން ފެށިގެން 17 ޕަސެންޓްގައި ޓީޖީއެސްޓީ ނެގުމަށް ވަނީ ނިންމާފަ އެވެ. އެއާއެކު މިއަދުން ފެށިގެން އެ އިސްލާހަށް ވަނީ އަމަލުކުރަން ފަށައިފަ އެވެ.

ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރީ ޖެނުއަރީ 1، 2023 އިން ފެށިގެންނެވެ.