އައްޑޫ ގަމުގައި ހިންގާ އީކްއޭޓަ ވިލެޖުން އެތަނަށް ކުރިން ވެސް ދެ ފަހަރެއްގެ މަތިން ލިބިފައިވާ އެވޯޑެއް ތިން ވަނަ ފަހަރަށް ވެސް ހޯދައިފި އެވެ.
އެ އެވޯޑަކީ މި އަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސްގައި ލިބުނު "އިިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް ހޮޓެލް" އެވޯޑެވެ. މިއީ ގަން އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ގަމުގައި ހިންގަމުން އަންނަ އީކްއޭޓަ ވިލެޖް ޖެހިޖެހިގެން މި އެވޯޑް ހޯދި ތިން ވަނަ ފަހަރެވެ.
މިކަމާ ގުޅިގެން އެތަނުން އެވޯޑް ހާސިލުކޮށް ދިނުމުގައި ހިއްސާވި ހުރިހާ ފަރާތްތަކަށް ޝުކުރު ވެސް އަދާކޮށް، މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.
އީކްއޭޓަ ވިލެޖަކީ އައްޑޫގައި ހިންގަމުން އަންނަ އެންމެ ޒަމާންވީ ޓޫރިސްޓް ފެސިލިޓީ އެވެ.