Last Updated: July 3, 13:46
Thursday, July 3, 2025
މުނިފޫހިފިލުވުން

'ކަނބުލޮ' ގެ ޕޯސްޓަރު އާންމުކޮށްފި

އަންނަ މަހު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ ފިލްމު "ކަނބުލޮ" ގެ ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

މިދިޔަ މަހުން ފެށިގެން ޝޫޓިން ކުރިއަށްދާ މި ފިލްމަކީ 2009 ވަަނަ އަހަރު ދިގު ވާހަކަ މުބާރާތުން ޔަޝްފާ އަބްދުލްޢަނީ އެއް ވަނަ ހޯދި ވާހަކަ "ޔުކްތާ" އަށް ބިނާކޮށް، މަހުދީ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު (ކިޑް) ޑައިރެކްޓްކުރާ ފިލްމެކެވެ.

އޭނަ އަކީ މިދިޔަ އަހަރު އޮލިމްޕަހުގައި މުޅިން ވެސް ހައުސްފުލް ޝޯތަކެއް ދެއްކި އަދި މަހުދީގެ ސްކްރީންޕްލޭއަކަށް ގެނެސްދިން "ކަމަނާ" ގެ ޑައިރެކްޓަރެވެ.

އެ ފިލްމު ވެސް ގެނެސްދިން ޕްރޮޑަކްޝަން ހައުސްތައް ކަމަށްވާ އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ކިޑްގެ ކިޑް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭން ނިންމާފައިވާ "ކަނބުލޮ" ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 31 ގަ އެވެ.

މި ފިލްމުގެ މައިގަނޑު ތަރިންނަކީ މަރިޔަމް އައްޒަ އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުހައްމަދާއި އަހުމަދު އީސާ (އާނަންދު) އާއި އަހުމަދު ނިމާލާއި ޝީލާ ނަޖީބުގެ އިތުރުން މަރިޔަމް ޝަކީލާ އެވެ.

"ކަނބުލޮ" އަކީ ކިޑްގެ ފަސް ވަނަ ޑައިރެކްޝަނެވެ.