Last Updated: July 3, 14:17
Thursday, July 3, 2025
ޚަބަރު

އެމްއެމްއޭ އިން ސްކޮލަޝިޕަށް ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިސްލާމިކް ފައިނޭންސް ދާއިރާއިން 35 ސްކޮލާޝިޕް ފުރުސަތަށް ހުޅުވާލައިފި އެވެ.

މަރުކަޒީ ބޭންކުން މިއީ ބުނީ އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް އެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް" ގެ ދަށުން ދޭ ސްކޮލަޝިލްތަކެއް

މި ސްކޮލަަޝިޕް ޕްރޮގްރާމްގެ މަގުސަދަކީ މަތީ ފެންވަރުގެ ތައުލީމާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި ސްޕެޝަލައިޒްޑް ޓްރެއިނިން މެދުވެރިކޮށް ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ ކުރިއެރުވުމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) އާއި ޔުނިވަސިޓީ އިސްލާމް ސެލެންގޯ (ޔޫއައިއެސް) ގުޅިގެންނެވެ.

ސްކޮލަޝިޕްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 17 އާ ހަމައަށެވެ.