އއ. ތޮއްޑޫ ކައިރިއަށް މަހަށް ނިކުމެ އުޅުނު ބަޔަކު 15 ކިލޯގެ މާވަހަރެއް ހޮވައިފި އެވެ.
އިއްޔެ ހަވީރު އެ "ހުދަންބަރު" މާވަހަރު ފެނުނީ ޑިންގީއެއްގައި އުޅުނު ޒުވާނުންތަކަކަށެވެ. އެއީ ހަވީރު 05:20 ހާއިރު އެވެ. އެ މާވަހަރު ފެނުނީ ތޮއްޑޫ ކައިރިއަށް މަހަށް ނިކުމެ އުޅެނިކޮށެވެ.
މާވަހަރު ފެނުނު ތިން ޒުވާނުންގެ ތެރެއިން ބައެއް މީހުން މީޑިއާތަކަށް ކިޔައި ދީފައިވާ ގޮތުގައި މާވަހަރު ފެނުނީ އުކުޅަހުން ފުރައިގެން ގޮސް ފަރުކޮޅާއި ތޮއްޑޫއާ ދޭތެރޭގައި ތިއްބަ އެެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ އެކި ހިސާބުތަކުން މީސްމީހުންނަށް މާވަހަރު ފެނިފައިވެ އެވެ.