ބޭސް އުފައްދާ އިންޑިއާގެ ކުންފުންޏެއްގެ ކެމިކަލް ފެކްޓަރީއެއް ގޮވައި މަރުވި މީހުންގެ އަދަދު 39 އަށް އަރައިފި އެވެ.
ޓެލަންގަނާ ސްޓޭޓްގައި ހިނގި ހާދިސާގައި ގޮވާފައި ވަނީ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސިގާޗީ އިންޑަސްޓްރީސްގެ ކެމިކަލް ފެކްޓަރީއެއްގަ އެވެ. އެ ހާދިސާ ހިނގި އިރު އެތަނުގައި 140 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރަމުން ދިޔަ ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.
ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު 39 އަށް އަރާ އިރު، އަދިވެސް މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ރަސްމީ އިދާރާތަކުން ބުންޏެވެ. މި ހާދިސާގައި ޒަހަމްވި މީހުންގެ އަދަދު 34 އަށް އަރަ އެވެ.
ފެކްޓަރީ ގޮވަން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.