ބޮލީވުޑްގެ ތަރި، ޓައިގާ ޝްރޮފް ކިޔާފައިވާ ލަވައެއް އަނެއްކާ ވެސް ވީޑިއޯއާ އެކު ގެނެސްދީފި އެވެ.
ކުރިން ވެސް މިފަދަ ލަވަތަކެއް ގެނެސްދީފައިވާ އެކްޓަރުގެ އާ ލަވަ އަކީ "ބޭޕަނާ" އެވެ. މަޝްހޫރު ކޮރިއޮގްރާފަރު ބޮސްކޯ ނެށުން ތައްޔާރުކޮށް، ޑައިރެކްޓްކޮށްފައިވާ ލަވައިގެ ނަމަކީ "ބޭޕަނާ" ގެ މިއުޒިކާއި ޅެން ހެދީ މަރުވެފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިތާ އާދޭޝް ޝްރިވަސްތާވްގެ ދަރިއެއް ކަމަށްވާ އަވިތޭޝް ޝްރިވަސްތާވް އެވެ.
"ބޭޕަނާ" ލަވައިން ޓައިގާ އެކު ބެކް ޑާންސަރުންތަކެއް ވެސް ހިމެނޭ އިރު، ލަވައިގެ ބަތަލާ އަކީ ނިމްރަތު ކޯރް އަހުލުވާލިއާ އެވެ. "ބިގް ބޮސް 16" އާއި "ހަތުރޯންކޭ ކިލާޅީ 14" ގައި ވެސް ވާދަކޮށްފައިވާ ނިމްރަތަކީ ޓީވީ ބަތަލާއެކެވެ.
އޭނަ އަކީ ކަލާސް ޓީވީން 2019-2022 އަށް ގެނެސްދިން ސިލްސިލާ "ޗޯޓީ ސަރުދާރުނީ" ގެ ބަތަލާ އެވެ.
ބޮލީވުޑްގެ ވަރުގަދަ އެކްޝަން ހީރޯއެއްގެ ގޮތުގައި މިހާރު ލޭބަލް ކުރެވޭ ޓައިގާގެ ކުރިއަށް އޮތް ފިލްމަކީ އޭނަގެ "ބާގީ" ފްރެންޗައިޒްގެ ހަތަރު ވަނަ ބައެވެ. އެ ގެނެސްދޭން ނިންމާފައި އޮތީ ސެޕްޓެމްބަރު މަހު އެވެ.