Last Updated: July 4, 11:15
Friday, July 4, 2025
ޚަބަރު

2026 ގެ ބަޖެޓް ފޮތް ހަދަން ބަޔަކު ހޯދަނީ

ސަރުކާރުގެ އަންނަ އަހަރުގެ ބަޖެޓް އިންފޯގްރަފީ ތައްޔާރުކޮ ށްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބަޖެޓުގައިވާ މަޢުލޫމާތު އެ މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ވީހާ ވެސް ބޮޑަށް ފަހުމްވާ ގޮތަށް އަދި ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ބޭނުމުގައި އަންނަ ވަނަ އަހަރުގެ ބަޖެޓާގުޅޭ އިންފޯގްރަފީ ތައްޔާރުކުރުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން ބަޖެޓު ފޮތުގެ ޑިޒައިނާއި ލޭއައުޓް އަދި އިންފޮމޭޝަން ބުކްލެޓެއް ތައްޔާރު ކުރުމަށް ގަސްތުކޮށްފައިވާތީ ޝަރުތު ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 10 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ..

ފިނޭންސް އިން ބުނީ ހުށަހަޅާ ބިޑު އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަ ނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ބިޑް ހުށަހަޅަން ޖެހޭނީ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) އާ އެއްގޮތަށް ފުރަތަމަ ސިޓީ އުރައިގައި ޓެކްނިކަލް ޕްރޮޕޯސަލް ކަމަށާއި، ދެވަނަ ސިޓީ އުރައިގައި އަގުގެ ޕްރޮޕޯސަލް ކަމަށާއި، އިޢުލާނާއެކު އާންމުކޮށްފައިވާ ޓީއޯއާރްއާ އެއްގޮތަށް އިވެލުއޭޝަންގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބީލަން ހުށަހަޅަން ޖެހެނީ 10 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އަށް މިނިސްޓްރީ އަށް ގޮހެވެ.