Last Updated: July 15, 18:06
Thursday, July 16, 2026
ޚަބަރު

ވިލުފުށީ އަލިފާނުގެ ހާދިސާ: އަނިޔާވި މީހާ އައިސީޔޫގައި

ތ. ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ އުޅަނދެއްގައި އިއްޔެ އަލިފާން ރޯވެ ހިނގި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ ދޯނީގެ ވެރިފަރާތަށް ކަމަށްވާއިރު، އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސްފައިވަނީ އިއްޔެ އެވެ. އެ މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

އަލިފާނުގެ ހާދިސާގައި ދޯނީގައި މަސައްކަތް ކުރާ ބިދޭސީއަކަށް ވެސް އަނިޔާވެފައިވެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތެޔޮ އުފުލާ އުޅަނދުގައި ރޯވީ ފުރަންވެގެން އިންޖީނު ޖައްސާލި ވަގުތު އެވެ. މި ހާދިސާގައި އުޅަނދަށް ބޮޑެތި ގެއްލުންތަކަށް ވަނީ ވެފަ އެވެ.