Last Updated: August 21, 13:07
Thursday, August 21, 2025
ޚަބަރު

8 ރަށެއްގައި ފުލުހުންގެ ފެސިލިޓީތަކެއް ހަދަން ބީލަމަށް

އަށް ރަށެއްގައި ފުލުހުންގެ ފެސިލީޓިތަކެއް ހަދައި ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

މީގެ ތެރޭގައި ހިމެނެނީ ދެ ރަށެއްގައި ހަދަން ނިންމާފައިވާ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކާއި ހަ ރަށެއްގައި ހަދަން ނިންމާފައިވާ ފުލުހުންގެ މަރުކަޒުތަކެވެ.

އެހެންވެ މި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަޅުމުފެ ފުރުސަތު މި މަހުގެ 29 އާ ހަމައަށް ހުޅުވާލާފައިވާ އިރު، ބީލަން ހުށަހަޅަން ޖެހެނީ ބީލަން ޕޯޓަލް beelan.finance.gov.mv މެދުވެރިކޮށެވެ. ފިނޭންސް މިނިސްޓްރީން ބުނީ ކޮންމެ ބީލަމެއްގައި ބައިވެރިވާން ވަކިވަކިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށާއި ރަޖިސްޓްރޭޝަނަށް 500ރ. ވެސް ދައްކަން ޖެހޭނެ ކަމަށެވެ.

ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 22 އާ ހަމައަށެވެ.

ބީލަންތައް ހުޅުވަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 10:00 ގަ އެވެ.