Last Updated: June 12, 17:14
Friday, June 12, 2026
ވިޔަފާރި

ހަނިމާދު އާއި ޓްރިވެންޑްރަމާ ދެމެދު ދަތުރުތައް ފަށަނީ

އިންޓަނެޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ހދ. ހަނިމާދު އާއި އިންޑިޔާގެ ޓްރިވެންޑްރަމާ ދެމެދު ދަތުރުތައް ފަށަން ގައުމީ އެއާލައިން މޯލްޑިވިއަނުން ނިންމައިފި އެވެ.

މޯލްޑިވިއަނުން ބުނީ ހަނިމާދު އާއި ޓްރިވެންޑްރަމާ ދެމެދު ދަތުރުތައް ފަށަން ތައްޔާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން ހަނިމާދު އަށް ބައިނަލްއަގްވާމީ ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ އަންނަ މަހުގެ 2 ވަނަ ދުވަހު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

ހަނިމާދު އާއި އިންޑިއާގެ ޓްރިވެންޑްރަމާ ދެމެދު ދަތުރުތައް ބާއްވަން ނިންމާފައި ވަނީ ހަފުތާއަކު ދެ ފަހަރު އެވެ.
ޓްރިވެންޑްރަމަށް ދަތުރުތައް ފަށަނީ އެ ކުންފުނީގެ 50 ސީޓްގެ ޑޭޝް އާއި 300 މަރުކާގެ ބޯޓުގައި ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.

ސ. ގަމުގެ އެއާޕޯޓްގައި ބައިނަލްއަގްވާމީ ނަން ބޯޑް އަޅުވާފައި އޮތަސް، އެތަނަކީ އިންޓަނެޝަނަލް އެއްވެސް އޮޕަރޭޝަނެއް ކުރިއަށްދާ ތަނެއް ނޫނެވެ.