ކުންފުންޏަކަށް ބޮޑު 722،000 އަށް ވުރެ ގިނަ ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ހުކުމެއްކޮށްފި އެވެ.
އެ ހުކުމްކޮށްފައި ވަނީ ރެފް ކޫލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ފެނަކައާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރެފްކޫލްއިން، ފެނަކައަށް ފޯރުކޮށްދިން މުދަލާއި ހިދުމަތްތަކަށް ފައިސާ ނުދައްކައިގެން އެ ކުންފުނިން ކުރި ދައުވާއަކާ ގުޅިގެންނެވެ.
އެގޮތުން ފެނަކަ އިން ރެފް ކޫލް އަށް ތިން މަސް ދުވަހުގެ ތެރޭގައި 722،81.92ރ. ދައްކައި ހަލާސް ކުރުމަަށް އަމުރުކޮށްފައިވެ އެވެ.
ދައުވާ އަށް ފެނަކައިން އިއުތިރާފުވެފައިވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކާނެ ކަމަށް ބުނެފައިވެ އެވެ.
އެކި ފަރާތްތަކުން ހޯދާފައިވާ ހިދުމަތްތަކަށް ދޭން ޖެހޭ ފައިސާތަކާ ގުޅިގެން މީގެ ކުރިން ވެސް ފެނަކަ އަށް ހުކުމްތަކެއްކޮށްފައިވެ އެވެ.