އައްޑޫގައި ވެސް އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރަން ތައްޔާރުވެއްޖެ އެވެ.
މިކަމާ ގުޅޭ އެއްބަސްވުމެއްގައި ޑިޕާޓްމަންޓް އޮތް ނެޝަނަލް ރެޖިސްޓްރޭޝްން (ޑީއެންއާރް) އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ވެސް ސޮއި ވެސް ކޮށްފަ އެވެ.
އައްޑޫގައި އައިޑީ ކާޑުގެ ހިދުމަތް ދޭނީ ހިތަދު އާއި ހުޅުމީދޫގަ އެވެ.
މުޅި ރާއްޖެ އަށް އައިޑީ ކާޑުގެ ހިދުމަޔް ފުޅާކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިއްޔެ ވަނީ އދ. އަތޮޅުގައި ވެސް ހިދުމަތް ތައާރަފުކޮށްފަ އެވެ.
މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައި ވެސް މި ޚިދުމަތް ދޭން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މެލޭޝިއާގައި ވަނީ އައިޑީ ކަޑު ހަދައި ދޭން ފަށައިފަ އެވެ. މީގެ އިތުރުން ސްރީ ލަންކާ އާއި އިންޑިއާގެ އަދި އިނގިރޭސިވިލާތުގައި ވެސް ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން އެ ޚިދުމަތް ޤާއިމުކުރީ ގއ. ވިލިނގިލީގަ އެވެ.