ރަހީނުކުރި ބިދޭސީއަކު މާލޭގެ ގެއަކުން ފުލުހުން ސަލާމާތްކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 6:00 ހާއިރު ކަމަށާއި އެ މައުލޫމާތު ލިބުމާއެކު އެ ގެއަށް ގޮސް ބެލިއިރު ގެ ހުރީ ތަޅުލާފައި ކަމަށެވެ.
އެހެންވެ ގޭގެ ތަނުގެ ތަޅު ހަލާކުކޮށްލައިގެން އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށާއި އެއީ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށާނަމަވެސް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އެ މީހާގެ ސިއްހީ ހާލަތު ދެނެގަތުމަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ރަހީނުކޮށްފައިވާ މީހާ ހުރީ މައްޗަންގޮޅި ސަހަރާ ކައިރީ ހުން ގެއެއްގަ އެވެ.
މީގެ ކުރިން ވެސް ބިދޭސީންނާއި ދިވެހިން ރަހީނުކޮށް، އެ މީހުންނަށް އަނިޔާކޮށް ފޭރުން ފަދަ އަމަލުތައް ހިންގާފައިވެ އެވެ.