Last Updated: July 5, 10:22
Saturday, July 5, 2025
ކުޅިވަރު

ފުޓްބޯޅަ ތަރި ޖޯޓާ މަރުވެއްޖެ

ލިވަޕޫލަށް ކުޅެމުން އައި ޕޯޗްގީޒްގެ ފުޓްބޯޅަ ތަރި ޑިއޮގޯ ޖޯޓާ މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 28 އަހަރުގެ ފޯވާޑް މަރުވީ ޕޯޗްގަލް އާއި ސްޕެއިންގެ ބޯޑަރު ސަރަހައްދުގައި މިއަދު ހިނގި ކާރު އެކްސިޑެންޓްގަ އެވެ. އެގޮތުން އޭނަ ދުއްވި ލަމްބޯގިނީ އެހެން ކާރަކާ އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ޓަޔަރު ފަޅައިގެން ގޮސް ކާރު މަގުން ކައްސާލައިގެން ވެއްޓި ރޯވެފައިވާ ކަމަށް ރިޕޯޓްްތައް ބުނެ އެވެ.

އެ ހާދިސާގައި ޑިއޮގޯގެ 25 އަހަރުގެ ފިރިހެން ކޮއްކޮ އަދި ފުޓްބޯޅަ ކުޅުންތެރިޔާ އެންޑްރޭ ސިލްވާ ވެސް މަރުވެފައިވެ އެވެ.

ޑިއޮގޯގެ މަރުގެ ޚަބަރާ އެކު ފުޓްބޯޅައިގެ ތެރޭގައި އުޅޭ ވަރަށް ގިނަ ބަޔަކާއި ފޭނުން އަންނަނީ ސޯޝަލް މިޑިއާގައި ހިތާމަފާޅު ކުރަމުންނެވެ.

ކުރިއަރަމުން އައި ޒުވާން ކުޅުންތެރިޔާ އަދި ތިން ކުދިންގެ ބައްޕަ މަރުވި އިރު، އޭނަ ކައިވެނިކުރީ މިދިޔަ މަހުގެ 22 ގަ އެވެ.