Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ފިިރިހެނަކު ގެއްލިގެން ހޯދަނީ

މާލެއިން ފިިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހޯދަނީ ފުވައްމުލައް ހޯދަޑު، ބޯގަންވިލާ، ސާމީ ޢަބްދުލްޙަމީދު، 34، އެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސާމީ އޭނަގެ ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ އިރާކޮޅު ކަމަށެވެ. އެހެންވެ ފުލުހުންނަށް މައްސަލަ ރިޕޯޓްކުރުމާއެކު ފުލުހުންގެ ކަމާގުޅުން ހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި މީހާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ އިރު މިހާތަނަށް ކުރެވުނު މަސައްކަތުން ސާމީ ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ އޭނައާ އާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާ ނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.