ފުވައްމުލަކު ސިޓީގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ހަދައިފި އެވެ.
ފުވައްމުލަކުގައި އައިޑީ ކާޑު ޕްރިންޓް ކުރެވޭ ގޮތް ހެދުމާއެކު އެ ރަށުން އައިޑީ ކާޑު ހަވާލުވެސް ކުރާނެ އެވެ.
މުޅި ރާއްޖެ އަށް އައިޑީ ކާޑުގެ ހިދުމަތް ފުޅާކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަދު ވަނީ އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުދޫގައި ވެސް މި ހިދުމަތް ތައާރަފްކޮށްފަ އެވެ.
މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައި ވެސް މި ޚިދުމަތް ދޭން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މެލޭޝިއާގައި ވަނީ އައިޑީ ކަޑު ހަދައި ދޭން ފަށައިފަ އެވެ. މީގެ އިތުރުން ސްރީ ލަންކާ އާއި އިންޑިއާގެ އަދި އިނގިރޭސިވިލާތުގައި ވެސް ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން އެ ޚިދުމަތް ޤާއިމުކުރީ ގއ. ވިލިނގިލީގަ އެވެ.