Last Updated: July 4, 16:00
Friday, July 4, 2025
ޚަބަރު

ޒަކާތު ފަންޑުން ބޭސްފަރުވާ އަށް 3.9 މިލިއަން ރުފިޔާ

މިދިޔަ މޭ މަހު ޒަކާތު ފަންޑުން ބޭސްފަރުވާ އަށް 3.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މޭ މަހު ޒަކާތު ފަންޑުން އެހީ ދީފައި ވަނީ މައިގަނޑު ހަ ކަމަކަށެވެ. އެއީ ކެންސަރާއި ހިތުގެ ބަލިތަކާއި، ސިކުނޑީގެ ބަލިތަކާއި، ފުއްޕާމޭ އަދި ކިޑްނީގެ ބަލިތަކުގެ އިތުރުން ޓްރާންސްޕްލާންޓަށެވެ.

• ފުއްޕާމޭގެ ބަލިތަކަށް: 16،962 ރުފިޔާ
• ކެންސަރު: 619،264.57 ރުފިޔާ
• ހިތުގެ ބަލިތަކަށް: 72،088.50 ރުފިޔާ
• ޓްރާންސްޕްލާންޓް: 50،886 ރުފިޔާ
• ކިޑްނީގެ ބަލިތަކަށް:21،835.50 ރުފިޔާ
• ސިކުނޑީގެ ބަލިތަކަށް: 55،126.50 ރުފިޔާ

އެހެނިހެން ބަލިތަކަށް މި ފަންޑުން 620،540 ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.

މިދިޔަ މޭ މަހު ޒަކާތު ފަންޑުން އެހީ ދޫކޮށްފައި ވަނީ 116 މީހަކަށެވެ. އެހީގެ ގޮތުގައި ޖުމުލަ 1.4 މިލިއަން ރުފިޔާ ހަމަޖައްސާފައި ވެއެވެ. އެހީގެ ގޮތުގައި ޚަރަދުކޮށްފައި ވަނީ 3.9 ރުފިޔާ އެވެ.

ޒަކާތު ހައުސް އިން ބުނީ މޭ މަހު ކުރި ހަރަދުތަކުގެ ތެރޭގައި ކުރީގެ މަސްތަކުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުގެ ހަރަދުވެސް ހިމެނޭ ކަމަށެވެ.