Last Updated: July 5, 06:17
Saturday, July 5, 2025
ޚަބަރު

ވިޔަފާރީގެ ގުޅުން ބަދަހިކުރަން އިންޑިއާއާއެކު މަޝްވަރާކޮށްފި

ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރަން އިންޑިއާއާއެކު ރާއްޖެއިން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބާރްތުވާލްއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ އިންޑިއާގެ ކޮމާސް ސެކެޓްރީއާއެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް ފައިދާހުރި ބައްދަލުވުމެއް ކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް ގުޅުންތައް ވަރުގަދަކުރުމާއި، އިޤްތިޞާދީ އެއްބާރުލުމަށް އައު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ސައީދު ވިދާޅުވި އެވެ.

މިފަދަ ބައްދަލުވުމެއް ބާއްވާފައިވާއިރު ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ތައްޔާރަށް އޮތް ކަމަށް އިންޑިއާ އިން މީގެކުރިން ވަނީ ބުނެފަ އެވެ.