Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ވިލުފުށީގެ ހައުސިން ޔުނިޓްތަކުގެ ފެނާއި ނަރުދަމާ ފެނަކަ އަށް

ތ. ވިލުފުށީގައި ހަދާފައިވާ 100 ހައުސިން ޔުނިޓަށް ބޭނުންވާ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށް، އެ ޚިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ އިއްޔެ ހަވާލުކޮށްފި އެވެ.

މި މަޝްރޫޢުގެ ސަބަބުން، ވިލުފުށީގެ ހައުސިން ޔުނިޓުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތެއް ލިބޭނެ އެވެ.

މިއީ ސަރުކާރުން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފަހިކޮށް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ފިޔަވަޅެއް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ. އެ މަސައްކަތް ނިމުމުން ހައުސިންގ ޔުނިޓުތަކަށް ބޭނުންބާ އަސާސީ ޚިދުމަތްތައް ފުރިހަމަވެ، މީހުން ދިރިއުޅެން ފެށުމަށް މަގުފަހިވެގެން ދާނެ އެވެ.