Last Updated: July 6, 09:49
Sunday, July 6, 2025
ދުނިޔެ

ރަޝިޔާ އިން ތާލިބާންގެ ސަރުކާރު ބަލައިގެންފި

އަފްގާނިސްތާނުގައި މިހާރު އޮތް ތާލިބާންގެ ސަރުކާރަށް ރަޝިއާ އިން ސަފީރު އައްޔަންކޮށްފި އެެވެ.

އެ މަގާމަށް އައްޔަންކޮށްފައި ވަނީ ޑިމިޓްރީ ޒިރްނޯވް އެވެ. އޭނަ އިއްޔެ ވަނީ ކާބުލްގައި އަފްގާނިސްތާންގެ ފޮރިން މިނިސްޓަރު އާމިރު ޚާން މުއްތަގީއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

ރަޝިއާވެފައި ވަނީ 2022 ގައި އަފްގާނިސްތާންގެ ވެރިކަމަށް އައި ހަރުކަށި ތާލިބާންގެ ސަރުކާރު ރަސްމީކޮށް ބަލައިގަތް ފުރަތަމަ ގައުމަށެވެ.

ރަޝިއާގެ ސަފީރު އިއްޔެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައި އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ އިރު، މިނިސްޓަރު އާމިރު ވިދާޅުވީ ރަޝިއާ އިން ސަފީރަށް ކަނޑައެޅުމަކީ ވަރަށް ހިތްވަރު ގަދަ ނިންމުމެއް ކަމަށެވެ.

"މީގެ ސަބަބުން ދެ ގައުމުގައި މެދުގައި އެތައް ގޮތަކުން ގުޅުން ބަދަހިވެގެން ދާނެ. އަދި މިއާ ގުޅުމެއްގެ އުންމީދީ ފެށުމެއް." މިނިސްޓަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރަޝިއާގެ ނިންމުމަކީ އެހެން ގައުމުތަކަށް މިސާލަކަށް ވެސް ވާނެ ކަމަށެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ތާލިބާންގެ ސަރުކާރު ރަސްމީކޮށް ބަލައިގަތުމަކީ ރަޝިއާ އާއި އެ ގައުމާ ދެމެދު ގުޅުން ބަދަހި، އުފެއްދުންތެރި މަޝްވަރާތަކެއް ވެސް ދެ ގައުމުގެ މެދުގައި ކުރެވޭނެ ކަމެއް ކަމަށެވެ. ރަޝިޔާހެ ބަޔާނުގައި ފާހަގަކޮޮށްފައިވާ އަފްގާނިސްތާނަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ގިނަ ދާއިރާތަކަކުން އެ ގައުމަށް އެހީވާނެ އެވެ. އޭގެ ތެރޭގައި ވިޔަފާރި އާއި ދަނޑުވެރިކަމާއި ހަކަތަ އާ ދަތުރުފަތުރާއި އުމްރާނީ ތަރައްގީގެ ދާއިރާ ހިމެނެ އެވެ.