Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ދިވެއްސަކު ރަހީނުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

މާލޭ ގެއެއްގައި ދިވެއްސަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ އައްޑޫ ސިޓީ ފޭދޫ ސުވާސާގެ އިބްރާހިމް ސައީދު 48އ. އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ ބަންދާއި މެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުން ބުނީ މާލެ ގެއެއްގެ ތެރޭގައި ހުއްދަނޫން ގޮތެއްގައި މީހަކު ހިފަހައްޓައި، އަނިޔާ ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ ދުވަހު ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ފުލުހުންގެ ތަހުގީގުން ކުރި މަސައްކަތުން އެ މީހާ ހުރި ތަން ހޯދައި، އެ މީހާ ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެއީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.