Last Updated: July 6, 09:17
Sunday, July 6, 2025
ޚަބަރު

ރާއްޖެ-އެމެރިކާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަކީ އަޒުމެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި އެމެރިކާ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމުގެ އަޒުމުގައި ހުންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހެޔޮ އެދުންތައް ފޮނުއްވަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެމެރިކާގެ ރައްޔިތުންނަށް މިނިވަންކަމާއި ކުރިއެރުމަށް އެދިވަޑައިގެންފަ އެވެ.

އަދި އަންނަ އަހަރު، ރާއްޖެ އާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެއްވުމަށް ކުރައްވާ އުއްމީދުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވި އެވެ. އެ މުނާސަބާ ވެގެންދާނީ ދެ ޤައުމުގެ ދިރުންހުރި ގުޅުން ދައްކުވައިދޭ މުނާސަބަތަކަށް ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ކަމުގެ އިތުބާރު އެބައޮތްކަން ހާމަކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމުގެ ޢަޒުމުގައި ހުންނެވިކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ އެވެ.