Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ކާބޯތަކެތީގެ ހިދުމަތްދޭ އައްޑޫގެ ތަންތަނުގެ އިންސްޕެކްޝަނެއް

މަރަދޫގެ ކެފޭއެއް. ފޮޓޯ/ އަހުމަދު ފާރިސް

އައްޑޫގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ރޭންޑަމް އިންސްޕެކްޝަނެއް ފަށައިފި އެވެ.

މިކަން ކުރިއަށް ގެންދަނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ޕަބްލިކް ހެލްތު ސާވިސް ޔުނިޓްގެ ފަރާތުންނެވެ. އެގޮތުން އައްޑޫގައި ހުރިހާ އަވަށެއްގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި އެތަންތަނުގެ ސާފު ތާހިރުކަމުގެ މިންގަނޑަށް ފެތޭތީ ބަލާނެ އެވެ.

އައްޑޫގައި ކާބޯތަކެތީގެ ހިދުމަތްދޭ ގިނަ އަދަދެއްގެ ތަންތަން ހުރި އެ ތަންތަން ގަވައިދުގެ ހާލަތު ބަލަން ގަވައިދުން އިންސްޕެކްޝަންތައް ކުރިއަށް ނުގެންދިއުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އިއްޔެ މިފަދަ އިންސްޕެކްޝަނެއް މި ފެށީ ވެސް ގިނަ ދުވަސްތަކެއް ފަހުންނެވެ.