Last Updated: July 6, 09:32
Sunday, July 6, 2025
މުނިފޫހިފިލުވުން

ޝާހިދުގެ ފިލްމާ ޑިޝާ ވެސް ގުޅިއްޖެ

ޝާހިދު ކަޕޫރާއި ޓްރިޕްތީ ދިމްރީ ލީޑް ރޯލު ކުޅޭ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ ފިލްމުގެ ކާސްޓާ ޑިޝާ ޕަޓާނީ ވެސް ގުޅިއްޖެ އެވެ.

އެ ފިލްމު އުފައްދާ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނި، ނަދިއަދުވާލާ ގްރޭންޑްސަން އިން އެކަން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޝާހިދާ އެކު ފިލްމުގެ ދެ ލަވައަކުން ވެސް ޑިޝާ ފެންނާނެ އެވެ. އެކަމަކު އޭނަގެ ކެރެކްޓާއާ ބެހޭ އެއްވެސް ތަފުސީލެއް ނުލިބެ އެވެ.

މި ފިލްމު ވާނީ ޝާހިދާ އެކު ޑިޝާ މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. ޑިޝާ އަކީ އެކްޓަރު ޓައިގާ ޝްރޮފްގެ ކުރީގެ ލޯބިވެރިޔާ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެނެސްދިން ތަމަޅަ ފެންޓަސީ އެކްޝަން ފިލްމު "ކަންގޫވާ" އެވެ.

ނަމަކަށް "އަރުޖުން އުސްތާރާ" ކޮޔާ ކަމަށް ބުނާ ފިލްމުގެ ޝޫޓިން މި އަހަރުގެ ޖެނުއަރީން ފެށިގެން ކުރިއަށްދާ އިރު، ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ ޑިސެމްބަރު މަހުގެ 5 ގަ އެވެ. މި ފިލްމަކީ ވިޝާލްއާ އެކު ޝާހިދު މަސައްކަތްކުރާ ހަތަރު ވަނަ ފިލްމެވެ. އެ ދެ މީހުން އެކީގައި ކުރިން މަސައްކަތްކުރި ފިލްމުތަކަކީ "ރަންގޫން" އާއި "ހައިދަރު" ގެ އިތުރުން "ކަމީނޭ" އެވެ.

ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖެނުއަރީ 31 ގައި ރިލީޒްކުރި އެކްޝަން ތުރިލާ "ދޭވާ" އެވެ.