ޒެމްބިއާ އަށް ޗުއްޓީ އަށް ގޮސް އުޅުނު ޓޫރިސްޓުންތަކެއް އެތެއް ދިން ހަމަލާތަކެއްގައި މަރުވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ މަރުވެފައި ވަނީ އަންހެން ދެ ޓޫރިސްޓުންނެވެ. އެއީ އިނގިރޭސިވިލާތުގެ އީސްޓަން ޓޭލާ ކިޔާ 68 އަހަރުގެ މީހަކާއި އެލިސަން ޓޭލާ ކިޔާ 67 އަހަރުގެ ނިއު ޒީލެންޑްގެ މީހެކެވެ.
ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ އެ ދެ މީހުންނަށް އެތް ހަމަލާ ދިނީ އޭގެ ދަރި ގޮވައިގެން ޕާކް ތެރޭގައި ހަރަކާތްތެރިވަމުން ދަނިކޮށް، ދެ ޓޫރިސްޓުން އެ އެއްޗިއްސާ ކައިރިވާން ފެށުމުން ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ ޒެމްބިއާގެ ދެކުނު ލުއާންގްވާގެ ނެޝަނަލް ޕާކްގައި ކަމަށެވެ. ހަމަލާ ދިނީ އަންހެން އެތެކެވެ.
އެތް ދެ ޓޫރިސްޓުންނަށް އެއް ހަމަލޭ ދޭން ފެށުމުން އެ މީހުން ސަލާމަތް ކުރުމަށް ޕާކްގެ އޮފިޝަލުން އެތުގެ ގަޔަށް ބަޑި ވެސް ޖެހި ކަމަށާއި ނަމަވެސް އެކަން ނާކާމިޔާބުވެ، އެތަނުގެ ހަމަލާތަކުގައި ދެ މީހުން ވެސް މަރުވީ ކަމަށް މީޑިއާތަކުން ފުލުހުންނާ ހަވާލާދީ ބުނެފައިވެ އެވެ.